Wednesday, 23 October 2013

ރަށުކައުންސިލްގެ ރައީސްކަން ލިބިއްޖެނަމަ.


ކޮންމެ މުޖުތަމައެއް ނުވަތަ ކުންމެ ގައުމެއް ވެސް ކުރިއަރާދާނީ އެތަނެއް ކުރިއެރުވުމަށް ހީވާގި ކެރޭ ވެރިންތަކެއް ތިބެގެނެވެ.ހަމަމިފަދައިން އިހަވަންދޫ ކުރިއަރާގެން ދިއުނަށްވެސް ބޭނުންވާނީ މަސައްކަތްތެރި ހީވާޤި ވެރިންނެވެ.އެހެން ގޮތަކަށް ދަންނަވާނަމަ ހީވާޤި ކައުންސިލަރުން ތަކެއް ތިބެގެނެވެ.އެގޮތުން އަޅުގަނޑަށް ރަށުކައުންސިލްގެ ރައީސް ކަން ލިބިއްޖެނަމަ ރަށުގައި ސަރުކާރު ޕްރީސްކޫލެއް ޤާއިމު ކޮށްދީ،އައިސް ޕްލާންޓެއް ހަދައި،މަސްމާރުކޭޓެއް ހަދައިދީބަސް ހިދުމަތް ތައާރަފްކޮށް އަދި އިހަވަންދޫގެ މަގުތަށް އެންމެ ޒަމާނީ ފެންވަރަށް ހަދާދޭނަމެވެ.


   ރަށުގައި ސަރުކާރު ޕްރީސުކޫލެއް ނެތުމީ މި ރަށު ރަތްޔިތުންނަށް ކުރިމަތިވެފައިވާ އެއްމެބޮޑު އެއްމައްސަލައެވެ.ސަބަބަކީ ރަށުގައި ކުޑަކުދިންގެ އާބާދީ ނިސްބަތުން ބޮޑުވެފައި،ރަށުގައި ހުންނަނީ އަމިއްލަ ފަރާތަކުން ހިންގާ އެއްމެ ޕްރީސުކޫލެއް ކަމަށްވުމުންނެވެ.އެހެންކަމުން ޖާގައިގެ ގޮތުންނާއި ކިޔަވާދިނުމުގައިވެސް އެތަކެއް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.ގިނަކުދިން ތަކަކަށް ޖާގައިގެ ގޮތުން ކުޑަތަނެއްގައި ކިޔަވާދޭން ޖެހުމުގެ ސަބަބުން ކުދިން ރަނގަޅަށް ކޮންޓުރޯލް ނުކުރެވި އެއްމެ ފުރިހަމަ ގޮތުގައި ކުލާސް ނުގެނަދެވޭތަން އާދެއެވެ.ނަތީޖާއަކަށް ވަނީ އެންމެ ފުރިހަމަ ގޮތުގައި އެކުދިންނަށް އުނގަންނައި ނުދެވުމެވެ.މީގެ އިތުރުން ދިމާވާ އަނެއް މައްސަލައަކީ އަމިއަލަ ފަރާތަކުން ހިންގާ ތަނަކަށް ވާތީ މަހުފީ ދަށްކަން ޖެހުމެވެ.ތިން ހަތަރު ކުދިން ސުކޫލަށް ގެންދާ ގެއެށްނަމަ އެ ވެގެންދަނީ ބޮޑު ހަރަދަކަށެވެ.އެހެންކަމުން އަޅުގަނޑަށް ރަށު ކައުންސިލްގެ ރައީސްކަން ލިބިއްޖެނަމަ މި ރަށުގައި ސަރުކާރު ޕްރީސުކޫލެއް އަޅާދޭނަމެވެ.
   ހއ.އިހަވަންދޫއަކީ މަސްވެރި ރަށަކަށް ވުމުން މަސްވިއްކޭނެ މަސްމާރުކޭޓެއް ނެތުމީވެސް މި ރަށުގެ ރަތްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.މި ރަށުގައި ކަންނެލިމަސް ވެރިކަންކުރާ ގިނަ ދޯނިފަހަރުތަށް ވުމުން މަސް މާރުކޭޓެއް ހަދާފިނަމަ މި ރަށުގެ ރަތްޔިތުންގެ އިތުރުން ކައިރި ސަރަހައްދުގެ މީހުންނަށްވެސް މިކަމުގެ ފައިދާ ކުރާނެއެވެ.މީގެއިތުރުން އައިސްޕުލާންޓެއް ޤާއިމްކޮށް މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކުން ސަލާމަތް ކޮށްދިނުމަކީ ރަށުގައި މަސްވެރިކަމުގެ ސިނާއިތު ރަނގަޅުވެގެން ދާނޭކަމެކެވެ.އެހެންކަމުން ރަށުކައުންސިލްގެ ރައީސްކަން އަޅުގަނޑަށް ލިބިއްޖެނަމަ ރަށުގައި އައިސް ޕްލާންޓަކާއި މަސްމާރުކޭޓެއް ޤާއިމް ކޮށްދޭނަމެވެ.
   މި ރަށަކީ ބޮޑު ރަށަކަށް ވުމުން ދުރުތަންތަނަށް ދިއުން ވަނީ އުނދަގޫކަމަކަށް ވެފައެވެ. ހާއްސަކޮށް ކިޔަވާކުދިންނަށާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިކަމުގެ ދަތިތަކާ ކުރިމަތިވެއެވެ.އެހއންކަމުން ރަށުގައި ބަސްގެ ހިދުމަތް ތައާރަފުކޮށް އަދި ސުކޫލު ކުދިންނަށް ހާއްސާ ސުކޫލު ބަހެއް ހަމަޖައްސައި ދޭނަމެވެ.

   ރަށަށް ދިމާވެފައިވާ މި ހުރިހާ ދަތިތަކަކުން މިރަށުގެ ރަތްޔިތުން ސަލާމަތްކުރުމަށް އަޅުގަނޑަށް ކައުންސިލްގެ ރައީސްކަން ލިބިއްޖެނަމަ ގަދައަޅާައި މަސައްކަތް ކުރާނަމެވެ.

No comments:

Post a Comment