ސަމަސުންނަހާރު އިސްމާއީލް އަށާއި މުހަންމަދު އަލީއަށް ލިބިފައިވާ ހަގު
އަންހެން ދަރިފުޅު ސާމިޔާ މުޙިންމަދަކީ، އޭނާގެ އުފަން ރަށް ކަމަށްވާ
ހއ.ތުރާކުނަށް އަގުހުރި ހިދުމަތް ތަކެއް ކޮށްދީފައިވާ ކުޅަދާނަ ދަރިއެކެވެ. 1984
ޑިސެންބަރު 24 ވީ ދުވަހު އުފަންވި ސާމިޔާ މުޙަންމަދަކީ ތުރާކުނު މަދަރުސާގެ
ދަރިވަރުންގެ މެދުގައި މަޤުބޫލް ދިވެހި ޓީޗަރެކެވެ.
އޭނާގެ
ތައުލީމީ ހަޔާތުގެ ފުރަތަމަ ހަރުފަތް ފަށާފައިވަނީ ތުރާކުނު
މަދަރުސާއިންނެވެ.އެގޮތުން ތުރާކުނު މަދަރުސާގެ LKG އަށްވަދެ ގުރޭޑް ފަހަކާ ހަމައަށް އެމަދަރުސާއިން ތައުލީމް ހާސިލް ކޮށްފައި
ވެއެވެ. ތައުލީމީ ފެންވަރު އިތުރަށް މަތިކުރުމުގެ މަޤްސަދުގައި އޭނާވަނީ ރ.އިނގުރާދޫަށް
ކިޔެވުން ބަދަލުވެ ގުރޭޑް އަޝަކާއިހަމައަށް އެ މަދަރުސާއިން ތައުލީމް ހާސިލް
ކޮށްފައެވެ.އިނގުރާދޫގައި ހޭދަވި މުއްދަތުގެ ތެރޭގައި އެތަކެއް ދަތިތަކާ ކުރިމަތިވި
ކަމުގައި ވިޔަސް ކިޔެވުމަށް އައީ ގަދައަޅާ މަސްކަތް ކުރަމުންނެވެ.ނަތީޖާއަކަށްވީ
މަދު ދުވަސް ކޮޅެއްގެ ތެރޭގައި ކިޔެވުމަށް އެންމެ މޮޅެތި ދަރިވަރުންގެ ލިސްޓުގައި
ހިމެނުމެވެ.އެގޮތުން އެމަދަރުސާގެ ގުރޭޑް ފަހަކުން އެންމެ ރަނގަޅު ދަރިވަރުގެ
މަޤާމް ވަނީ ހޯދާފައެވެ.އެއަށްފަހު ސާނަވީ ތައުލީމް ހާސިލް ކުރުމަށްޓަކައި
ހއ.އަތޮޅު މަދަރުސާއަށް ބަދަލުވެ އެތަކެށް ކާމިޔާބީ ތަކާއެކު ކިޔެވުމުގެ އެ
މަރުހަލާވެސް ވަނީ ކަޑަތުކޮށްފައެވެ.2004 ވަނަ އަހަރު އޯލެވެލް ހެދި ކުދިންގެ
ތެރެއިން 'ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރުގެ މަޤާމް ވަނީ ހޯދާފައެވެ.އަދި
ހަމައެއަހަރު ހއ.އަތޮޅު މަދަރުސާއިން އޯލެވެލް ހެދި ކުދިންގެ ތެރެއިން އެއް ވަނަ
ހޯދާފައި ވެއެވެ.މީގެއިތުރުން ސީ.އެޗް.އެސް.އީ އިން އޭ ލެވެލް ހެދުމުގެ ފުރުސަތު
ލިބިފައިވާ ކަމީވެސް ސާމިޔާ މުޙަންމަދު ހޯދާފައިވާ ކާމިޔާބީއެކެވެ.
2007 ވަނަ
އަހަރު މަތީ ސާނަވީ ތައުލީމު ހާސިލްކޮށް ނިމުމާއެކު ޖެހިގެން އައި އަހަރު ދިވެހި
މި މާއްދާއިން ވަނީ ޑިޕްލޮމާ ހަދާފައެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު 2009 ވަނަ
އަހަރު އެނބުރި ރަށް އައިސް ވަޒީފާ އަދާކުރަންފެށީ ތުރާކުނު މަދަރުސާގައި ދިވެހި
ކިޔަވާދޭ ޓީޗަރެއްގެ ގޮތުގައެވެ.ކިޔަވާދިނުމުގެ މާބޮޑު ތަޖުރިބާއެއްނެތި
ވަޒީފާއަށްވަދެ ފުރަތަމަވެސް ގުރޭޑް 10އަކަށް ކިޔަވާދޭން ދާން ޖެހުމުން ފުރަތަމަ
ދުވަސް ކޮޅު ޖެހިލުން ވި ކަމަށް ސާމިޔާ މުޙިންމަދު ފާހަގަ ކުރިއެވެ.ނަމަވެސް
ދަރިވަރުންނާއި ހުރިހާ ބެލެނިވެރިން ވެސް ބަލާ ގަންނާނެފަދަ ނަތީޖާއެއް ނެރެވޭތޯ
ސާމިޔާ ދިޔައީ މަސައްކަތް ކުރަމުންނެވެ.އަދި އޭނާގެ ބުރަ މަސައްކަތުން އެކަން
ކާމިޔާބު ކުރިވެސްމެއެވެ. ތުރާކުނު މަދަރުސާގައި ދިވެހި ޓީޗަރެއްގެ ގޮތުގައި
ހަތަރު އަހަރު މަސައްކަތް ކޮށްފައިވާއިރު އަހަރުން އަހަރަށް އައީ ދިވެހި މި
މާއްދާގެ ނަތީޖާ ރަނގަޅު ވަމުންނެވެ.އަދި2011 ވަނަ އަހަރު ވަނީ އޯލެވެލް ދިވެހި މި
މާއްދާއިން ސަތޭކަ ޕަސެންޓު ނަތީޖާ ނެރެފައެވެ.
ސާމިޔާއެ
ހަޔާތުގައި އެންމެ އުފާވީ ކޮންދުވަހަކުތޯ ސުވާލުކުރުމުން ބުނީ 2011 ވަނަ އަހަރު
އޯލެވެލް ދިވެހި މާއްދާއިން ސަތޭކަ ޕިސެންޓް ނަތީޖާ ނެރެވުނު
ދުވަސްކަމުގައެވެ.2009 ޑިސެންބަރު 26 ވީ ދުވަހު ޒަވާޖީ ހަޔާތެއް ފަށާފައި ވާއިރު
މި ކައިވެންޏަށް މިހާރުވަނީ ފިރިހެން ކުއްޖަކު ލިބިފައެވެ.މިހާރު އެކައުންޓިންގ
އެންޑް ފައިނޭންސް ކޯހެއް ފުރިހަމަ ކުރަމުންދާ ސާމިޔާ މުޙަންމަދު މުސްތޤްބަލުގައި
ޓީޗިންގ ދާއިރާއިން ކުރިޔަށްދާން ހިޔާލު ނުކުރާކަމަށް ބުންޏެވެ.އަދި އޭނާ ކިޔަވާ
ކުދިންނަށް ބުނެލަން ބޭނުންވަނީ"ކޮންމެކުއްޖަކުވެސް އާއިލާގެ ތަނަވަސްކަން
ހުރިމިންވަރުން ތައުލީމު ހާސިލް ކުރާށެެވެ.ދީނީ ގޮތުންނާއި އަހުލާޤީ ގޮތުން
ރަނގަޅު ކުއްޖަކަށް ވާށެވެ.އަދި ކިޔަވާނިމިގެން ޤައުމަށް ފައިދާހުރި ހިދުމަތެއް
ކޮށްދޭ ކުއްޖަކަށް ކޮންމެ ކުއްޖަކުވެސް ވާށެވެ."
No comments:
Post a Comment