އަމީންގެ ޛިކުރާ- މުސްތަޤްބަލްގެ
އިލްމީ ދުލުން
ފިންޏަކުން އަދި ހޫނަކުން ތިޔަ
އަސަރުތައް ފިލުވޭނެހޭ
ހިތްވަރާ އަޒުމުގެ ނަމޫނާ ގެއްލިދާނެ
ގޮތެއްނެތޭ
ޤައުމުގައި ދިއްލެވި އުލޫމުގެ
ބައްތިތަށް އެކިކަންކޮޅުން
ފައުޅުކޮށްދޭ ނޫރަކުން މެނުވީލިބޭ
އައްޔެއްނެތޭ
ހިންމަތާ އެކުގައި ޤަލަމްކޮޅު ހިންގަވާ
މިޔަދަށްޓަކައި
ބިންގަލެއް ނާޅުއްވަވާ ހަމަ އެންމެ
ފަންނެއްވެސްނެތޭ
އިޖުތިމާއީ ދުނިޔެއާ އެކުގައި ދިވެހި
އަދަބީ ޗަމަން
ދިރުވުމަށް ތިޔަނޫން އެހެން
ތަންފީޒުވީ ބާރެއް ނެތޭ
ހިތްޕުޅާ އަދި ހަށިކޮޅުން
އިލްމަށްޓަކައި ދެއްވާޤަދަރު
އަތްޕުޅާއަދި ދޫފުޅުން ނުވިދާނެ
ހަރަކާތެއްނެތޭ
މުޙަންމަދު
ރާފިއު،ރީތިޅެން2))
މި ޅެމުގެ ބަނޑުވަށް އަކުރު
އެއްގޮތް ކޮށްފައިވަނީ ނތ/ އއ/ ނނ/ ޖރ/ ތތ މި ގޮތަށެވެ.ނަމަވެސް މި ޅެމުގެ
ފުރަތަމަ އަދި ހަތަރުވަނަ ބައިތުގެ ބަނޑުވަށް އަކުރު އެއްގޮތެއް ނޫނެވެ.މި ޅެމުގެ
ފިލި ކޯޅި އެއްގޮތް ކޮށްފައިވަނީ ޭ
ފިއްޔަށެވެ.އަދި މި ޅެމުގެ ހުރިހާ ބައިތެއްގެވެސް ފިލިކޯޅި އެއްގޮތެވެ.މި ޅެމުގެ
ވަޒަނަކީ 26 ފިއްޔެވެ.ނަމަވެސް މި ޅެމުގެ ހަތަރުވަނަ ބައިތު ވަޒަނަކަށް
ނުފެތެއެވެ.
ހަޤީޤަތް
ބައްސަވާފައި އެބަވެޔޭ އިންސާނުނަށް
ދުނިޔޭގެ ބަރު
ޖައްސަވާފައި ނެތެބަރެއް ނަފުސުން
ނުއުފުލޭހާ އެވަރު
ކޮންމެދެރައެއް ގެންނަނީ ނަފުސުން
ތިމާކޮށް އިހްތިޔާރު
އޮންނަނީ ދެއްވުމުން އަބަދު ނަސުރާއި
ތަޤްދީރުން ޤަދަރު
ހެޔޮކަމުގެ އެއްވެސް ދަރުމައެއް
ނަންގަވައިނުމެ ލައްވައޭ
ހެޔޮކަމުގެއޮތް ބަދަލަކީ ހެޔޮދަރުމައޭ
އެންގެވި ޚަބަރު
ހޯދިޔަސް ފެންނާކިށެއް ނެތް ފައްތަރެއް އުޑަކުން ހިލާ
ހޯދި އިންސާއާއި ވަރުބަލިވެގެން ހިންގައި
ނަޘަރު
މިންވަރުން ނޫނީ ކަމެއް ނުހިނގާނެކަން
ނޭނގެނަޏަކާ
ނިންމަވާ ގޮތަކަށް ހިތެއް ނުރުހޭނެ
ވެރިވެވިގެން ކިބުރު
(ޔޫސުފަ އައިފުޅު،ތީރިޅެން 2)
މި ޅެމުގެ ބަނޑުވަށް އަކުރު އެއްގޮތް ކޮށްފައިވަނީ އއ/
ނނ/ ޔޔ/ ދދ/ ނނ މި ގޮތަށެވެ.މި ޅެމުގެ ހުރިހާ ބައިތެއްގެވެސް ބަނޑުވަށް އަކުރު
އެއްގޮތެެވެ.މި ޅެމުގެ ފިލި ކޯޅި އެއްގޮތް ކޮށްފައިވަނީ ު ފިއްޔަށެވެ.އަދި މި ޅެމުގެ ހުރިހާ
ބައިތެއްގެވެސް ފިލިކޯޅި އެއްގޮތެވެ.މި ޅެމުގެ ވަޒަނަކީ 26 ފިއްޔެވެ.ނަމަވެސް މި
ޅެމުގެ ދެވަނަ ބައިތު ވަޒަނަކަށް ނުފެތެއެވެ.
ޢިލްމާއި އަމަލު
ތަޢުލީމު ނެތަމަތާކު ޒަމާނާއި
އެކުވެގެން
ތަންދާނެޔެ ބުއްދީގެ މަގުން
އެއްކިބާވެގެން
ދީނަށްނުވެ ވިސްނައި އުޅުމުން އެކަނި
ދުނިޔެއަށް
ޒީނަތްތެރިކަން ވާނެޔެ
ހަމަކުނިވެ އުނިވެގެން
ހިތްހެޔޮކަމާއި އެކުވެރިކަން
ކުރިއަރާގެން
ފިތުނައިގެ ގިނީން މިންޖުވަނީ
ތާއަބަދުވެގެން
އިތާރުމަވާސަތު ޞބާރު ހަމެންދަރު
ދީކަން
ވީތާކުގަޔޭ
ނަޞްރުވަނީ ހަމަވެ ގަދަވެގެން
ޢިލްމާއި ޢަމަލު ގުޅުވިނުދާނަމަ
ބަޔަކުތެރޭ
ހިލްކަންވެދެޔޭޖާ ކަމަކަށްވާމެ
މޮޅުވެގެން
(ޙުސެއިން ޞަލާހުއްދީން،ރީތިޅެން 2)
މި ޅެމުގެ ބަނޑުވަށް އަކުރު އެއްގޮތް ކޮށްފައިވަނީ
އނ / ނނ/ ތތ/ ތތ/ ލލ މި ގޮތަށެވެ.ނަމަވެސް މި ޅެމުގެ ފުރަތަމަ ބައިތުގެ ބަނޑުވަށް
އަކުރު އެއްގޮތެއް ނޫނެވެ.މި ޅެމުގެ ފިލި ކޯޅި އެއްގޮތް ކޮށްފައިވަނީ ް ނަށެވެ.އަދި މި ޅެމުގެ ހުރިހާ ބައިތެއްގެވެސް
ފިލިކޯޅި އެއްގޮތެވެ.މި ޅެމުގެ ވަޒަނަކީ 22 ފިއްޔެވެ.ނަމަވެސް މި ޅެމުގެ ތިންވަނަަ
ބައިތު ވަޒަނަކަށް ނުފެތެއެވެ.
No comments:
Post a Comment